Skip to content

Latest commit

 

History

History
40 lines (40 loc) · 4.26 KB

year.md

File metadata and controls

40 lines (40 loc) · 4.26 KB
  1. މީގެ ކުރިން ދުވަހަކުވެސް ނުކުރާ މިއަހަރު ކުރި ކަމަކީ ކޮބައިހެއްޔެވެ؟
  2. އާ އަހަރުގެ ޤަރާރުތައް ފުއްދައިދިނީ ހެއްޔެވެ؟
  3. ތިބާއާ ގާތް މީހަކު ވިހެއި ހެއްޔެވެ؟
  4. ތިބާއާ ގާތް މީހަކު ނިޔާވި ހެއްޔެވެ؟
  5. މިއަހަރު ޒިޔާރަތްކުރެވުނީ ކޮން ސިޓީތަކަކަށް/ސްޓޭޓްތަކަކަށް/ގައުމުތަކަކަށް ހެއްޔެވެ؟
  6. މިއަހަރު ނުލިބުނު އަންނަ އަހަރު ލިބެން ބޭނުންވާ އެއްޗެއް އެބަ އޮތް ހެއްޔެވެ؟
  7. މިއަހަރުގެ ތިބާގެ ހަނދާނުގައި ލިޔެވިފައި އޮންނާނީ ކޮން ތާރީޚެއް ކަމާއި،އެއީ ކީއްވެގެން ހެއްޔެވެ؟
  8. މި އަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ ކޮބައިތޯ؟
  9. އެންމެ ބޮޑު ނާކާމިޔާބީއަކީ ކޮބައިތޯ؟
  10. ތިބާއަށް ކުރިމަތިވީ އިތުރު ކޮން ދަތިތަކެއް ހެއްޔެވެ؟
  11. ބަލި ނުވަތަ އަނިޔާއެއް ލިބިފައިވޭތޯ؟
  12. ގަނެވުނު އެންމެ ރަނގަޅު އެއްޗަކީ ކޮބައިތޯ؟
  13. އުފާފާޅުކުރުން ޙައްޤު އަޙްލާގެއް ފެނުނީ ކާކުގެ ކިބައިން ހެއްޔެވެ؟
  14. ތިބާ ބިރުގަތީ ކާކުގެ އަހްލާގަކުން ހެއްޔެވެ؟
  15. ތިބާގެ ގިނަ ފައިސާ ޙަރަދުވީ ކޮންތާކަށް/ކޮންކަމަކަށް ހެއްޔެވެ؟
  16. އަސްލު، އަސްލު، އަސްލު ފޯރިގަދަވީ ކޮން ކަމަކާ ހެއްޔެވެ؟
  17. މިއަހަރު އަބަދުވެސް ހަނދާންކޮށްދޭނީ ކޮން ލަވައެއް ހެއްޔެވެ؟
  18. މިދިޔަ އަހަރުގެ މި ވަގުތާ އަޅާބަލާއިރު، ތިބާ: އުފާވެރި ހެއްޔެވެ ނުވަތަ ހިތާމަވެރި ހެއްޔެވެ؟ ތުނި ނުވަތަ ފަލަ؟ މުއްސަނދި ނުވަތަ ނިކަމެތި ހެއްޔެވެ؟
  19. އިތުރަށް ކުރެވުނުނަމައޭ ހިތައް އަރަނީ ކޮން ކަމަކަށް ހެއްޔެވެ؟
  20. ތިބާ އެދެނީ ކޮން ކަމެއް މަދުން ކުރެވުނު ނަމަހެއްޔެވެ ؟
  21. ޗުއްޓީ ހޭދަކުރަނީ ކިހިނެއް ހެއްޔެވެ؟
  22. މިއަހަރު ލޯބީގައި ޖެހުނު ހެއްޔެވެ؟
  23. މިދިޔަ އަހަރު މިފަހަރު ނަފްރަތު ނުކުރާ ގޮތަށް މިހާރު އެއްވެސް މީހަކަށް ނަފްރަތު ކުރަން ހެއްޔެވެ؟
  24. އެންމެ ކަމުދިޔަ ޝޯއަކީ ކޮބައިތޯ؟
  25. އެންމެ ރަނގަޅު ފޮތަކީ ކޮބައިތޯ؟
  26. މި އަހަރުގެ އެންމެ ބޮޑު މިއުޒިކަލް ހޯދުންތަކަކީ ކޮބައިތޯ؟
  27. އެންމެ ކަމުދިޔަ ފިލްމަކީ ކޮބައިތޯ؟
  28. އެންމެ ކަމުދިޔަ ކެއުމަކީ ކޮބައިތޯއެވެ؟
  29. ބޭނުންވީ ކޮން އެއްޗެއް ހެއްޔެވެ؟
  30. ބޭނުންވީ އަދި ނުލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟
  31. އުފަންދުވަހު ކުރި ކަމަކީ ކޮބައި ހެއްޔެވެ؟
  32. ތިބާގެ އަހަރު ވަޒަން ނުކުރެވޭހާ ހިތްހަމަޖެހޭ ކަމަކަށް ވާނީ ކޮން އެއް ކަމަކުން ހެއްޔެވެ؟
  33. މިއަހަރު ތިމާގެ އަމިއްލަ ފެޝަން ސިފަކުރާނީ ކިހިނެއް ހެއްޔެވެ؟
  34. ތިބާ ބުއްދިވެރިކޮށް ބެހެއްޓީ ކޮން ކަމަކުން ހެއްޔެވެ؟
  35. އެންމެ ބޮޑަށް ގަޔާވީ ކޮން މަޝްހޫރު/އާންމު ފަރާތެއް ހެއްޔެވެ؟
  36. އެންމެ ބޮޑަށް ހޭލައްވާލީ ކޮން ސިޔާސީ މައްސަލައެއް ހެއްޔެވެ؟
  37. ތިބާއަށް ގެއްލުނީ ކާކު ހެއްޔެވެ؟
  38. ތިބާއަށް ދިމާވި އެންމެ ރަނގަޅު އާ މީހަކީ ކާކު ހެއްޔެވެ؟
  39. މިއަހަރު ތިބާއަށް ލިބުނީ ކޮން އަގުހުރި ދިރިއުޅުމުގެ ފިލާވަޅެއް ހެއްޔެވެ؟
  40. ތިބާގެ އަހަރު ޚުލާޞާކޮށްދޭ ބުނުމަކީ ކޮބައިތޯއެވެ؟